Tuesday, 28 July 2026

ދިވެހިންނަށް ޑޮލަރު މާރުކުރާ ލިމިޓް 1000 އަށް އިތުރު ކުރާނަން: ރައީސް

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުން ނަށް ވާނެ ފައިދާ އަކީ ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އެއާޕޯޓުން ޑޮލަރު މާރުކުރުމުގެ ލިމިޓް އިތުރު ވުން ކަމަށެވެ.

މިހާރު ބޭންކް ކާޑު ލިމިޓަކީ ޑެބިޓް ކާޑަކަށް 250 ޑޮލަރު އަދި ކްރެޓިޑް ކާޑަކަށް 750 ޑޮލަރެވެ. ރާއްޖެއިން ބޭރަށް ފުރަންދާ މީހުންނަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބެއެވެ.

ޑޮލަރު ލިބުމުގައި ހުރި ދަތިކަމުގެ ވާހަކައަށް އަލި އަލުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ކުންފުނިތަކަށް ވެސް ޑޮލަރު ބޭނުންވެއްޖެ ހާލަތެއްގައި މި ޖެހެނީ އަގު ބޮޑުކޮށް ވަގު ބާޒާރުން ޑޮލަރު ގަންނަން ކަމަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ގެނައި އިސްލާހާއެކު މިކަމަށް ވެސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އެ ގޮތުން އަންނަ އަހަަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓްތަކަުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުން ސަރުކާރު ކުންފުނިތަކުން ޑޮލަރު ގަތުމަށް ކުރަން ޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމް އެގޮތުން ހަމަޖެހިގެން ދާނީ އަންނަ އަހަރުގެ މެދު ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *