Tuesday, 28 July 2026

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަ ދެ އަންހެން ކުއްޖަކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކޮށްފައި ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށަކުންނެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ 56 އަހަރުގެ އެ މީހާ ހައްޔަރުކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ދެ އަންހެން ކުދިންނާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެގޮތުން އެމީހާ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށާއި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލަގައި އެ މީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *