Wednesday, 29 July 2026

ވޭޕް މަނާކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 54 މެމްބަރުންގެ ވޯޓާއެކު އެވެ.

އެކަމަކު އަށް މެމްބަރަކު އެ ބިލަށް ވަކި ކޮޅަކަށް ވޯޓު ނުދެއްވި އެވެ.

އެ ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށްޓަކަ އެވެ.

ބިލުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މައިގަނޑު ތިން އިސްލާހެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެގޮތުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ހެދުމަށް ވަނީ ހިމަނާފައެވެ.

އީ ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުކުރާތަކެތި ރާއްޖެ އެތެރެކުރުން މަނާކުރާއިރު އެތަކެތި އެތެރެކޮށްފި ނަމަ 50,000ރ ޖޫރިމަނާކޮށް, ކޮންމެ އީ ސިނގިރޭޓަކުން ނުވަތަ ވޭޕްގެ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެތަކެތި ވިއްކުން މަނާވާއިރު އެކަމާ ހިލާފުވެއްޖެނަމަ 20,000ރ ޖޫރިމަނާކޮށް, ކޮންމެ އާލާތަކަށް 10,000ރ ގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ހިލޭ ބަހައިފިނަމަ 10,000ރ އަދި ބޭނުންކުރާ މީހުން 5000ރ އިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވިއްކާ ހިލޭ ބަހާފައިވަނީ ކުޑަކުއްޖަކަށްނަމަ އިސްލާހުގައި ބުނެފައިވަނީ އިތުރަށް 50,000ރ ޖޫރިމަނާ ކުރާނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *