ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ރޭ ހުޅުމާލޭގެ އޯކިޑްމާ ހިނގުމުގައި ކަމަށާއި އެ މަގުގައި އޮތް ކާރެއް ތެރޭގައި ރަހީނުކޮށްގެން ހިފަހައްޓާފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ދަފްތަރު ނަންބަރު ރސ 9022, ތޮލާލު މޫސާ (37 އ) އެވެ.
ފުލުހުން ބުނީ ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް, ހިފަހައްޓާ, އަނިޔާކޮށް, ބިރު ދައްކާ އަދި އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


