ދިވެހިރާއްޖޭގެ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހާއި ގުޅުވައިގެނ ދެއްވި މެސެޖެއްގައި، ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސަކީ ރައްޔިތުންގެ ރުހުމާއި ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއް ބިނާކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވަމުންދާ ރައީސް ނަޝީދަކީ ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ފުރަތަމަ ރައީސެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ.
ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 56 އަހަރު ފުރޭ މި ދުވަހު، ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި އެހެނިހެން ސިޔާސީ ލީޑަރުންވެސް ވަނީ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މިހާތަނަށް ރާއްޖޭގައި 7 ބޭފުޅަކު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ 8 ވަނަ ރައީސެވެ.


