ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވަނީ ފުރާވަޑައިގެންފިއެވެ.
އެމަނިުކުފާނުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓުގައި، އިސްރާއީލުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. ރައީސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ މަތީ ފަންތީގެ ވަފުދަކާ އެކުގައެވެ.
ރައީސް މުޢިއްޒު މީގެކުރިންވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި ސަރަޙައްދީ ސުލްޙަ އާއި ޢަދާލަތަށް ގޮވާލައްވާފައިވެއެވެ.
ހޯމަ ދުވަހު ބޭއްވޭ ސަމިޓުގެ ސެޝަންގައި، ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވާނެ ކަމަށް ބެލެވެއެވެ.
ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.


