އްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކަށްޓަކައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑރ. ޒާހިރަށް މި ޝަރަފު އެރުވުމަށް ނިންމަވާފައިވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްޤީއަށާއި، ތައުލީމު ފުޅާކުރުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރުމަށް އިޚްލާޞްތެރިކަމާއެކު ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ދަރުބާރުގޭގައި ބޭއްވޭ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ، މީގެ އިތުރުން، މި ޖަލްސާގައި މަތީ ދަރަޖަ ހާސިލުކުރައްވާފައިވާ 40 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.


