ހިޔާ ފްލެޓެއްގައި ދެ ގުރޫޕަކުން ވެގެން މީހަކު ރަހީނުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި ހިޔާ ޓަވަރެއްގައި މީހަކު ރަހީނުކޮށްފައި ހުއްޓައި އޭނާ ސަލަމާތްކޮށްފައިވާ ކަމަށެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެޗް9 ޓަވަރުގެ އެޕާޓްމަންޓެއްގެ ތެރޭގަ އެވެ. ރަހީނުކުރި މީހާ ސަލާމަތްކޮށް، އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެ ފްލެޓުގައި ތިބި 12 މީހަކު އެ މައްސަލައާ ގުޅިގެން ހިފަހައްޓާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ގޮތުގައި އެ ތަނުގައި ރަހީނުކޮށްފައިވާ މީހާގެ ބޯ ވެސް ވަނީ ބާލައިފައެވެ. އަދި ތައްޔާރުވަމުން ދިޔައީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދޭންކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ވަހަކަތަކުގައިވެއެވެ.


