Tuesday, 28 July 2026

21 ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސްކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގައި ދިމާވެފައިވާ ޓީޗަރުންގެ ދަތިކަން ޙައްލުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން މުދައްރިސްކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކުރުމަށް މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތް ފަށާފައިވަނީ ޔުނިސެފާއި އެޑިއުކޭޝަން ގްލޯބަލް ޕާޓްނަރޝިޕްގެ ފަންޑިންގގެ ދަށުންކަމަށެވެ. އަދި މި މަސައްކަތް ފެށިފައިވަނީ މާރިޗު 2024 ގައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން، ދަރިވަރުންނަށް އެމީހުންގެ އަމިއްލަ ރަށްރަށުގައި ތިބެގެން ޓީޗަރ ޓްރެއިނިންގ ފުރިހަމަކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އޭލެވެލްއަށް ކިޔަވަން ފެށި ކުދިންގެ ތެރެއިން ޓީޗަރަކަށް ވާން ޝައުގުހުރި 135 ދަރިވަރަކަށް މިއަދު ރައީސް ޑރ. މުހައްމަދު މުިއއްޒު ވަނީ ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެ ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އިފުތިތާހު ކުރުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ޓީޗަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރުމަށް އަމާޒުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތައުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެކެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *