Wednesday, 29 July 2026
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން.

ފަނޑިޔާރުންގެ ތުހުމަތުތައް އެމްއެމްސީ އިން ދޮގުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އިނާމާ ގުޅޭގޮތުން އެވޯޑުތަކަށް އިންސާފުކުރި ފަނޑިޔާރުން ނެރުނު ބަޔާނުގައި ކޮށްފައިވާ ތުހުމަތުތައް އެ ކައުންސިލުން ދޮގުކޮށްފި އެވެ.

މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ ބަޔާނެއް ނެރެން ޖެހުނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނައި ނޫސްވެރިކަމުގެ އެވޯޑު އިންސާފުވެރި ކޮށްދިން ފަނޑިޔާރުން "ސޮއި ކުރި ކަމަށް ބުނާ" ލިޔުމެއް ނެރެފައި ވާތީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ކަމަށެވެ.

އަދި އިތުރަށް ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުން އެކަމަށް ކަނޑައަޅާފައިވާ އިދާރީ މުވައްޒަފު އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ އެންމެހާ ތަކެތި ހަމައަށް ހުށަހަޅާފައިވޭތޯ ބެލުމަށް ފަހު އެތަކެތި ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ފޮނުވަނީ އެޕްލިކޭޝަން ހުށަހަޅާފައިވާ ކެޓަގަރީއަކާ ގުޅޭ ފަނޑިޔާރުންގެ ޕެނަލަށް ކަމަށެވެ.

ޖުމުލަ 11 ނުކުތާއެއް ފާހަގަކޮށް ނެރެފައިވާ އެ ބަޔާނުގައި މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އެއްވެސް ދާއިރާއަކުން އެވޯޑު ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީ ޖާނަލިޒަމް އެވޯޑްސް ހަފުލާގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައި ވަނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީ އަށެވެ.

އެކަމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު އިނާމަށް އިންސާފުކުރި ފަނޑިޔާރުން ފަހުން ބުނެފައި ވަނީ އެވޯޑު ހަވާލުކުރެވިފައި ވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށެވެ. އެކަން ފާހަގަކޮށް 7 ކަމެއް ހިމެނޭހެން ފަނޑިޔާރުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފަ އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *