Tuesday, 28 July 2026

މޫސާ އަލީ ޖަލީލަށް އެރުވި ޝަރަފާއެކު، ލޮލުން ކަރުނަ

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަށް އަރުވައިފި އެވެ.

މި ޢިއްޒަތް، މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން މޫސާ އަލީ ޖަލީލް ގައުމަށްޓަކައި ވެވަވަޑައިގެންނެވި ގުރުބާނީގެ އަގު ވަޒަން ކުރުމުގެ ގޮތުން އިއްޒަތް އެރުވި ވަގުތުގައި އޭނާގެ ލޮލުން ކަރުނަ ވެސް އޮހިގެން ދިޔައެވެ. އޭރު އޭނާ ހުންނެވީ ރައީސް ޑރ. މުއިއްޒާއެކުގައި ސްޓޭޖް މަތީގައެވެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މީގެ ކުރިން އެމަނިކުފާނަށްވަނަށް ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލްވެސް ވަނީ ދެއްވާފައެވެ. ދިފާޢީ ވަޒީރުކަންވެސް ކުރައްވާފައިވާ މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *