ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ތަން ހަދާފައި ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގަ އެވެ.
ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގައި ހިމެނޭ މި ފެސިލިޓީ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއްކަމަށެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ހުޅުވި މި ފެސިލިޓީގެ ސަބަބުން މާލޭގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ހަމަޖެހުން ލިބޭނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް އެ އެއްޗިއްސަށް އަޅާލުން އެ ތަނުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި "އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ގަވާއިދުތަކަކާއި ޢުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.


