Tuesday, 28 July 2026
ހދ. ކުޅުދުއްފުށި / މިލްކުރާގޭ، އަޙްމަދު ޝާހީން ޝަހީދު

ފުލުހެއްގެ ގައިގާ ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހެއްގެ ގައިގާ ސައިކަލުން ޖެހުމަށްފަހު ފިލަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 10:42 ގައި ހުޅުމާލޭ ރީތިގަސް މަގުގައެވެ.

އެގޮތުން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް މަޑުކުރުމަށް ފުލުހަކު އަންގާ، ސައިކަލު ހުއްޓުވަން އުޅުމުން އެ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އެމީހާ ފިލަން މަސައްކަތް ކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / މިލްކުރާގޭ، އަޙްމަދު ޝާހީން ޝަހީދު (18 އަހަރު) އެވެ. މި ހާދިސާގައި ޒަޚަމްވި ފުލުހުންގެ މުވައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި ސައިކަލް ދުއްވި ޝާހީންއަކީ ލައިސަންސް ވެސް އޮތް މީހެއް ނޫނެވެ

ފުލުހުން ވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *