މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕީއެސްއެމްގެ މުވައްޒިފު، އަޙްމަދު މުސްތަފާ މަގާމުން ވަކިކުރުމަށްފަހު އަލުން މަގާމު އިއާދަކޮށްދީފިއެވެ.
މުސްތަފާ މަގާމުން ވަކިކުރި އިރު މޯލްޑިވްސް މީޑިއާ ކައުންސިލްއިން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމިގެ އިނާމު ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމަންޓްރީގެ ކްލިޕެއް ދެއްކި މައްސަލަ ވަނީ ހޫނުވެފަ އެވެ.
ނަމަވެސް މުސްތަފާ ވަނީ ވަޒީފާއިން ވަކިކުރި ސަބަބު ނޭނގޭކަމަށްބުނެ އެ ނިންމުން ރިވިއުކޮށްދޭން ޕީއެސްއެމްގެ ބޯޑުގައި އެދިފައެވެ.
އިއްޔެ ޕީއެސްއެމްއިން މުސްތަފާ ވަކިކުރިއިރު އޭނާ ހުންނެވީ އެ މީޑިއާގެ ނިއުސް އޮފަރޭޝަންގެ މަގާމުގަ އެވެ.
މުސްތަފާ ވަޒީފާއިން ވަކިކުރި މައްސަލާގައި އޭނާ ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އޭނާ ވިދާޅުވެފައިވަނީ ހަފްލާގެ ކަންކަން ކުރިއަށް ގެންދިޔައީ ސީދާ މީޑިއާ ކައުންސިލްގެ ރައީސަށް އެނގިގެން ނޫންކަމަށާއި އެ ވީޑިއޯ ދެއްކުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ.


