Tuesday, 28 July 2026
ބަންޑާރަ ނައިބު އަޙްމަދު އުޝާމް

ރިޔާސީ ދައުރު ފެށޭ ތާރީޚް ނޮވެމްބަރު 11 އަށް ބަދަލުކުރަނީ

ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމްއެވެ.

އުޝާމް ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ޖެހޭނެއެވެ. އަދި މި އިޞްލާޙު ގެނައުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓަކަށް ދާންޖެހޭނެތީ، މި މަސައްކަތަށް ވަގުތު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ރިޔާސީ ދައުރު ފެށޭ ތާރީޚަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. މި ތާރީޚަށް ބަދަލު އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާޠިލުކުރުމާ ގުޅިގެންނެވެ.

އޭރު ރައީސްކަމަށް އިންތިޚާބުވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *