Tuesday, 28 July 2026

ޒަމީރު، ޚަލީލު އަދި ނާޒިމަށް މަޖިލީހުން ރުހުން ދީފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލުގެންނަވާ، ފޮރިން، ހެލްތު އަދި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައީސް ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި، ޑރ. ޢަބްދުﷲ ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙީ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޒިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޤުލަބިއްޔަތަކުން ވަނީ ރުހުން ލިބިފައެވެ.

މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރުކަމަށް ޚަލީލަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ރުހުން ދިނުމަށް 86 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ.

އެ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ބަލައި، އެ ކޮމިޓިންވެސް މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *