Tuesday, 28 July 2026
މެޑަމް ސާޖިދާ ޓެންޒޭނިއާއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔުން / ފޮޓޯ: ރައީސްއޮފީސް

މެޑަމް ސާޖިދާއަށް ޓެންޒޭނިއާއިން ހޫނު މަރުހަބާއެއް

ރަސްމީ ދަތުރުފުޅެއްގައި މެޑަމް ސާޖިދާ މުހައްމަދު ޓެންޒޭނިއާއަށް ވަޑައިގަތުމުން އެގައުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެކަމަަނާ ބައިވެރިވެވަޑައިގަންނަވަނީ މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުންނެވެ.

މެޑަމް ސާޖިދާ ޓެންޒޭނިއާގެ ޖޫލިއަސް ނިއެރެރޭ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމާއެކު އެކަމަނާއަށް އެގައުމުގެ ކޮމިއުނިޓީ ޑިވެލޮޕްމެންޓު މިނިސްޓަރު ރިޒިކީ ޖުމާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެކަމަނާގެ އެ ދަތުރުފުޅުގައި މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަގުރީރެއް ދެއްވައި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކުފުޅުދެއްކެވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޮކްޓޯބަރު 29 އިން 30 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި އަންހެނުން ބާރުވެރިކުރުވުމާއި ބަލިތައް މެނޭޖުކުރުމާއި އެފްރިކާ އާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުން ފަދަ މައުޟޫތަކާަ ގުޅޭ މުހިންމު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *