Tuesday, 28 July 2026
ފޮޓޯ: މެޓް އޮފީސް

އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފިއެވެ. މިއީ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭތީ ނެރެފައިވާ އެލާޓެކެވެ.

މެޓުން ބުނިގޮތުގައި މި އެލާޓް ދެމިއޮންނާނީ މިއަދު ހަވީރު 4:15 އިން ފެށިގެން މިރޭ 10:00 އާ ހަމައަށެވެ. މީގެ އިތުރުން، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓުން ބުނެފައި ވެއެވެ.

މެޓް އޮފީހުން އިތުރަށް ބު8ނިގޮތުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ސަރަޙައްދުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 35 މޭލަށް އަރާފާނެ ކަމަށްވެސް ބެލެވެއެވެ.

އަދި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މެޓުން ހާމަކުރިގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ނ. މާފަރަށެވެ. އެއީ 55.7 މިލިމީޓަރުގެ ވާރޭއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *