Tuesday, 28 July 2026

ޓޫރިޒަމް މިނިސްޓަރު، އިންޑިއާގެ ހައި ކޮމިޝަނަރާއެކު ލ. އަތޮޅަށް

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރު ލ. އަތޮޅަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމާއި ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކެއް ބައްލަވާލައްވާފައެވެ.

މިކަން ހާމަކުރައްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "އެކްސް"ގައި ވިދާޅުވި މިއީ ވަރަށް ފައިދާހުރި ޒިޔާރަތެއް ކަމަށެވެ. އަދި ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ގިނަ ފުރުޞަތުތަކެއް މި ދަތުރުގައި ފާހަގަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަކީ ދެޤައުމުގެ ގުޅުމުގައި އިސްކަންދޭ ދާއިރާއެއް ކަމަށެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތްކުރުމަށް ބަލަމުންދާކަމަށް ބުނެފައިވެއެވެ.

މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ޒިޔާރަތެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *