Tuesday, 28 July 2026
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމަށް ދެ ބޭފުޅަކު ހުށަހަޅައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ދެ ބޭފުޅުންގެ ނަން ރައީސް އިސްކަންދެއްވާ ތަރުތީބުން ހުށަހަޅުއްވާފައިވާއިރު، އެއީ ގދ. ގައްދޫ / ކޯޒީރައުންޑް، ފާޠިމަތު އަމީޒާ އާއި ހއ. އިހަވަންދޫ / ވައިޖެހޭގެ، އަސްމާ ޝަފީޢު އެވެ.

މި ދެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާރު މި މަޤާމުގައި ހުންނެވި އަސްމާގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވާތީއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ކަމާގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ނުވަތަ 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ހިމެނެއެވެ.

މި މަޤާމަށް މީީހަކު ޢައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ޓެކްސޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ޙަސަން ޒަރީރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *