Wednesday, 28 October 2026
Raajje24

ފިރިހެން ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަނީ

ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައި، ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތެއްގައި ފުލުހުން ބުނީ، މި މައްސަލަ ފެންމަތިވެފައިވަނީ ދެކުނުން މެދުރާއްޖެތެރޭ އަތޮޅުތަކުގެ ރަށެއްގައި ކަމަށެވެ.

އެއީ މ، ފ، ދ، ތ، ލ. އަތޮޅު ހިމެނޭ ޒޯނެވެ.

ފުލުހުން ބުނީ އެ ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަޙަޅާފައިވާ ކަމަށެވެ.

މިއީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމުން މިކަމުގެ އިތުރު ތަފްސީލު ފުލުހުން ހާމަނުކުރެއެވެ. އަދި ކުއްޖާއާ ގުޅުންހުރި ތަފްސީލް ވެސް ހާމަ ނުކުރެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *