ނޮވެމްބަރު 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ނޮވެމްބަރު 10 ބަންދު ދުވައްހެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމެވީ އެ ދުވަހުގެ ފަހަށް އަންނަ ނޮވެމްބަރު 11 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހަކަށް ވާތީކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި އެގޮތަށް ރައީސް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ނޮވެމްބަރު 11 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.


