ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު މަރުވެއްޖެއެވެ.
ގެއްލިގެން ހޯދީ އެ ރަށު ކަޝްމީރުގެ، ނަބީހު ހަސަން އެވެ. އޭނާއާ އެކު އިތުރު ތިން މީހަކު އަލިފުށި ކައިރިއަށް މަސް ހިފަން ފޭބީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރުކަން ވަނީ އެނގިފަ އެވެ.
މަރުވެފައިވަނީ އެރަށު ކަޝްމީރު، ނަބީހު ހުސެއިން، 24އ.އެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައިވާކަން ރ. އަލިފުށި ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ މަރުވީ ހަށިގަނޑު ރަށަށް ގެންދިޔަ ފަހުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


