Wednesday, 28 October 2026

ރައީސުލްޖުމްހޫރިއްޔާ 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިންތިޒާމުކޮށްގެން ޒުވާނުންގެ މަރުކަޒުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވި މުހިންމު އެވޯޑްތަކުގެ ތެރޭގައި:

1. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް:
– އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށް
– ޢަބްދުއްސައްތާރު ޙަސަން

2. ސްޕޯޓްސްވުމަން އޮފް ދި އިޔަރ:
– ގޯލްޑް: ފާތިމަތު ދީމާ ޢަލީ
– ސިލްވަރ: ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤު
– ބްރޮންޒް: އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު

3. ސްޕޯޓްސްމަން އޮފް ދި އިޔަރ:
– ގޯލްޑް: މުޙައްމަދު ޝައްފާން އިސްމާޢިލް
– ސިލްވަރ: އަޒްނީން ރަޝާދު
– ބްރޮންޒް: ނިބާލް އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެން ބައެއް ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވިއެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަނީ ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރޭވިފައިވާ އަދި ފެށިފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *