ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، 4 އަހަރު ދުވަހުގެ މުއްދަތަށް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ނިންމަވާފައެވެ.
މި ނިންމެވުން ނިންމެވީ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.
މި މާސްޓަރ ޕްލޭންގައި އަންނަނިވި ބައިތައް ހިމެނުމަށް ވަނީ ނިންމަވާފައެވެ:
1. ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން
2. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުން
3. ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހިމެނުން
4. ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުން
5. އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން
6. ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ޚާއްޞަ ފަރުވާ ފޯރުކޮށްދިނުން
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މާސްޓަރ ޕްލޭން 2024 އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް އަންގަވާފައެވެ.
މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމާއެކު، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރުމެވެ.
(މަޢުލޫމާތު: ރައީސް އޮފީހުގެ ޕްރެސް ރިލީސް)


