ހުޅުމާލޭގެ ހުރަވީ ސްކޫލުގެ 13 އަހަރުގެ ދަރިވަރެއް މިއަދު ކުއްލިއަކަށް ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ސްކޫލުގެ އިންޓަވަލް ގަޑީގައި ކުއްޖާ ކެއުމުގައި އިންދައެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އިސް ބޭފުޅެއްގެ މަޢުލޫމާތަށް ބިނާކޮށް، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ނިޔާވެފައިވާ ކަމަށް ވަނީ ކަށަވަރުކުރެވިފައެވެ. "ސްކޫލަކުން އަންހެން ކުއްޖަކު އިމަޖެންސީގައި އެތަނަށް މިއަދު ގެންދިޔަ," ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.ނިޔާވި ދަރިވަރަކީ ނ. ލަންދޫ، ފާތިމަތު ޝިމާ މުޙައްމަދެވެ.
ފުލުހުންގެ ފަރާތުން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައި ވާގޮތުން، އެ ދަރިވަރު ހޮސްޕިޓަލަށް ގެންދެވުނީ "ސިއްޙީ ހާލަތެއް މެދުވެރިވެގެން" ނެވެ. އަދި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވެސް ވަނީ ކުއްޖާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.


