Tuesday, 28 July 2026
ފޮޓޯ: ޑިފެންސް މިނިސްޓްރީ

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް ފާހަގަކުރެވިއްޖެ – ޑިފެންސް މިނިސްޓްރީ

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މި ހޯދުން ފާހަގަކުރެވިފައިވަނީ "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިންގަން ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ޑިފެންސް މިނިސްޓްރީގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ފެތޭތޯ ބެލުމާއި، އެ މިންގަނޑުތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.

15 ދުވަހުގެ މުއްދަތެއްގައި ކުރިއަށް ގެންދެވުނު މި އޮޕަރޭޝަންގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ޖުމްލަ 399 އިމާރާތެއް ބަލައި ފާސްކުރެވުކަމަށާއި އޭގެ ތެރޭގައި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަ ހިމެނޭކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ނުރައްކާތައް ވެސް ވަނީ ދެނެގަނެފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކެމިކަލް ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފުވާ ކަމުގެ ޝަކުވާތައް ޑިފެންސް މިނިސްޓްރީއަށް ލިބެމުންދާތީއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *