ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ވަކިކުރަނީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތުން އެ މުވައްޒަފުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ވަކިކުރަން އަންގާފައިވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ބޭފުޅުން ވަކިކުރުމުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.


