އއ. ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އއ. ގަނގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އިއްޔެ 11:22 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ރަސްދޫގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި އުމުރުން 27 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.


