Tuesday, 28 July 2026
އައިޕީޔޫގެ 149ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރޭ ޖެނީވާއަށް ފުރާވަޑައިގަތުން - ފޮޓޯ/ ރައްތިޔުންގެ މަޖުލިސް

އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޖެނީވާއަށް

އިންޓަރ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސްމެބްލީގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއެކު މަޖިލީހުގެ ވަފްދެއް ސްވިޒަލޭންޑްގެ ޖެނީވާ އަށް ފުރާވަޑައިގެންފި އެވެ.

އައިޕީޔޫގެ އެސެމްބްލީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ވަފްދެއް ވަނީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައެވެ. އެ ގޮތުން ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ވަފްދުގައި މަޖިލީހުގެ ރައީސްގެ އިތުރުން ހިމެނިވަދައިގަންނަވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

އައިޕީޔޫ 149 ވަނަ އެސެމްބްލީގެ މައުޟޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *