ހުޅުމާލޭގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކާއި ތިން މީހަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލެއް ގަދައަށް ޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަކީ މި ދެ ސައިކަލުގައި ދަތުރުކުރަމުން ދިޔަ ފަރާތްތަކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އަނިޔާވި ފަރާތްތަކަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.


