އިންޑިޔާއިން އެގައުމުގެ އަސްކަރީ އުޅަނދުތަކެއް ގެންނަނީ ސިފައިންނާއެކު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވައިފިއެވެ.
ދާދިފަހުން އިންޑިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ކަންކަން ވަނީ އޮޅުވާލާފައިކަމަށާއި އެކަންކުރައްވާފައި ވަނީ ސަރުކާރުން ފައިސާ ދޭ ނޫސްތަކުގެ ނޫސްވެރިންނާ ސަރުކާރުގެ އަޅުން ކަމަށް ވިދާޅުވެ ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި ރައީސް މުއިއްޒުގެ ނިންމެވުމަށް ޑިފެންސް މިނިސްޓަރަށް ވެސް އަދި ފޮރިން މިނިސްޓަރަށް ވެސް އެއްޗެއް ނުބުނެވުނު ކަމަށާއި، ސުވާލުތައް އަމާޒުވާން ފެށުމުން އެ ބޭފުޅުން ވެސް ވިދާޅުވީ ރައީސް މުއިއްޒާ ހަވާލާދީ ކަމުން ދޭހަވަނީ އޭގައި އެ ބޭފުޅުންގެ އެއްވެސް ބަހެއް ނެތްކަން ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.
މިނިސްޓަރުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގްލާލަށް ބުރޫއު ނާރާނެ ކަމަށް ރައީސް މުއިއްޒަށް ހަވާލާ ދިނުމުގެ ބަދަލުގައި އެފަދައިން ވިދާޅުވާން ޖެހޭނީ އަމިއްލަފުޅަށް ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.


