Tuesday, 28 July 2026

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން: ހެލްތް މިނިސްޓަރު

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމަށާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖްތަމަޢު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ސިއްހަތާއި ނުލާ ސިއްހަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކާފާވާ ހަގީގަތް، ނަމަވެސް ވަރަށް ގިނަފަހަރު ސަމާލުކަން ދެވެނީ ހަމައެކަނި ޖިސްމާނީ ސިއްހަތަށް ކަމަށެވެ.

މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރަކީ "މެންޓަލް ހެލްތު އެޓް ވޯކް" ނުވަތަ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން"އެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ގައުމީ ފެންވަރުގއިަ އާއި ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ސިއްހަތަށް ސަމާލުކަން ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ނިސްބަތުގައި ކޮންމެ އަށް މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަހައްމަލުކުރާ މީހެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ފާހަގަކޮށްފަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައި، 2022 ވަނަ އަހަރުގެ ޑަބްލިޔު އެޗް އޯ ގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން، ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރޭ. އަދި ނަފްސާނީ ބައޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވޭ. ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ،". މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ނަފުސާނީ ސިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފުސާނީ ސިއްހަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *