Tuesday, 28 July 2026

ރައީސް ބެންގަލޫރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގެ ބެންގަލޫރަށް ވަޑައިގެންފިއެވެ.

ރައީސް ބެންގަލޫރަށް ވަޑައިގަންނަވަނީ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މި ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ބެންގަލޫރުގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވައިފައެވެ.

އިންޑިއާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރްޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމުމަކާ ކައިރިވެފައިވާއިރު، މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ހަތަރު މުހިންމު ސިޓީއަކަށް ޒިޔާރަތް ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *