Tuesday, 28 July 2026
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ވެސް ވަގުތަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ރޭ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެ ލޮޓް ނަމްބަރު އެން2-25 ގެ ބްލޮކް އޭގެ ދެ އެޕާޓްމަންޓެއް ރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެނގި ނަމަވެސް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ބައްސާމްގެ ގާނޫނީ ވަކީލުން ފުލުހަށް ސިޓީއެއް ހުށަހެޅި އެވެ.

އެ ސިޓީއަށް ރިއާޔަތްކޮށް, ބައްސާމް އެދުނު ގޮތަށް މުއްދަތު ދިނުމުން ގިނަ ބައެއްގެ ފާޑު އަމާޒުވި އެވެ. އެއަށްފަހު އެ ނިންމުން ބާތިލުކޮށް, ރޭ 12 ގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރުމަށް ފުލުހުން ބައްސާމްއަށް އެންގި އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.

އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *