Tuesday, 28 July 2026

ކުޑަކުއްޖަކާ ބެހިގެން ޖަލަށްލި ޤުރުއާން ޓީޗަރު ސަލާމަތްވެއްޖެ

ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި ޤުރުއާން ޓީޗަރު ހައިކޯޓުން ސަލާމަތްވެއްޖެ އެވެ.

މިއީ 2020 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. އުމުރުން 11 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހުށަހެޅީ ކުއްޖާގެ އުމުރުން 17 އަހަރުގައެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ތަހުގީގުގައި ކުއްޖާ ބުނެފައިވާ ގޮތުގައި ގުރުއާން ކުލާހުގައި ކުއްޖާ އިންދާ ކައިރީގައި އިށީނދެ އޭނާގެ ގައިގާ ހިފާފައިވެއެވެ. އަދި އޭގެ ފަހުން ކުޑަކުއްޖާ ބަރަހަނާކޮށް ފޮޓޯ ނަގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ވާހަކަ އެ ކުއްޖާ ހިއްސާކުރީ އިސްލާމް ޓީޗަރާ ކަމަށް ތަހުގީގަށް ބުނެފައިވެއެވެ. ނަމަވެސް ކުއްޖާ ފަލީހަތް ކޮށްލާނެ ކަމުގެ ބިރު ދައްކައި، އިސްލާމް ޓީޗަރު ވެސް ޖިންސީ ގޯނާ ކުރަން ފެށި ކަމަށް އެ ކުއްޖާ ވަނީ ބުނެފައެވެ.

އެ މައްސަލަ ޖޫން 4, 2020 ގައި ފުލުހަށް ހުށަހެޅުނުއިރު ޤުރުއާން ޓީޗަރު ބެހުނު ކަމަށް ބުނަނީ 2014 ނުވަތަ 2015 ގަ އެވެ.

އެ މައްސަލާގައި އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް ޤުރުއާން ޓީޗަރުގެ 17 އަހަރަށް ޖަލަށް ހުކުމްކުރި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *