Tuesday, 28 July 2026

ރައީސް ޖައިޝަންކަރު އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިންޑިއާ އަށް ފެއްޓެވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ މިރޭ އިރާކޮޅު ބައްދަލުކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރާއެކު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ޖައިޝަންކަރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ ގުޅުން ބަދަހި ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ރައީސް މިރޭ ވަނީ ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރްއާ ބައްދަލު ކުރައްވާ، އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅާއި ގުޅިގެން މަރުހަބާ ދެންނެވި ކަަމަށެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެންމެ މުހިންމު ކަންތައްތައް އޮންނާނީ މާދަމާ އެވެ. އެއީ އިންޑިއާ އިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސްގެ ބައްދަލުވުމާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *