Tuesday, 28 July 2026

ކޮންމެ ޤައުމެއްގައި ހުއްޓަސް ދިވެހިންނަށް ދައުލަތުގެ އެހީތެރިކަން ލިބޭނެ: ރައީސް

ރާއްޖޭގެ ރައްޔިތަކު ކޮންމެ ޤައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މިރޭ ބައްދަލުކުރައްވައި ވިދާޅުވީ ރައީސް ވިދާޅުވީ ރާއްޖޭގެ ހައިކޮމިޝަނެއް ދިއްލީގައި ހުރުމުން ފަސޭހަތަކެއް ވާންޖެހޭނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް މިހާރަށްވުރެ ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ކުރިއަށް އޮތް ތާނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޑިއާގެ ވިޔަފާރިވެރިންނަށް ދެ ގައުމުގެ ދޭތެރޭފައި އެކްސްޗޭންޖް ގިނަކުރުމަށްޓަކައި ވިޔަފާރިއާއި އެހެނިހެން ގޮތްގޮތުން މިތަނަކީ މުހިންމު ހަބެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުން. ޓޫރިޒަމްގެ ދާއިރާއިން ވިޔަސް ދަތުރުފަތުރުގެ ގޮތުން ވެސް ހުރިހާ ގޮތަކުން ނިއުދިއްލީއަކީ މި ދެންނެވި ގޮތަށް އެކި ދާއިރާތަކުން އިންޑިއާގައި ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމުތަނަކަށް ހެދުން" އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހަށް، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *