Tuesday, 28 July 2026

ރާއްޖެ ކުރިމަތިލަމުންދާ އިޤްތިޞާދީ ހީނަރުކަމުގައި އިންޑިއާއިން އެހީތެރިވާނެ: ރައީސް

ރާއްޖެ ކުރިމަތިލަމުންދާ އިޤްތިޞާދީ ހީނަރުކަމުގައި އިންޑިއާއިން އެހީތެރިވާނެކަމުގެ ޔަޤީންކަން އޮތްކަމަށް ރައީސް މުޙައްމަދު މުޢިއްޒު ބީބީސީއަށް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އިންޑިޔާއަށް ފެއްޓެވި ފަސް ދުވަހުގެ ދަތުރުފުޅުގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒު، މ ދަތުރުފުޅުގައި ސަތޭކަ މިލިއަން ޑޮލަރުގެ އެހީއަކަށް އެދިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އަދި ރާއްޖެ މިހާރު އޮތީ ބޭރު ފައިސާގެ ރިޒާވް 440 މިލި މިލިއަން ޑޮލަރަށް (334 މިލިއަން ޕައުންޑް) ދަށްވެ، އެއީ ދޮޅުމަހަށް އިމްޕޯޓް ކުރެވޭވަރުގެ އަދަދަކަށްވުމާއެކު، ދަރަނި ދެއްކުމަށް ނުކުޅެދިދާނެކަމުގެ ބިރު އޮތް ހާލަތެއްގައި ކަމަށްވެސް ބީބީސީން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ މާލީ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ތަރައްޤީގެ ބައިވެރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ބުރަ ލުއިކޮށްދީ، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ރަނގަޅު ހައްލުތަކާއި ބަދަލުތައް ހޯދައިދިނުމަށް އަބަދުވެސް ތައްޔާރަށް ތިބޭނެ،" ރައީސް މުޢިއްޒު ދަތުރުފުޅުގެ ކުރިން ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އަދި ރައީސް މުޢިއްޒު އިންޑިއާއާ ދެކޮޅަށް ކުރެއްވި ކެމްޕޭނާ ބެހޭގޮތުން ސީދާ އެއްޗެއް ވިދާޅުނުވިނަމަވެސް، ހުރިހާ ތަފާތުތަކެއް ހައްލުކުރެވޭނީ ހުޅުވާލެވިފައިވާ މަޝްވަރާތަކާއި އެކަކު އަނެކަކު ދެނެގަތުމުގެ ތެރެއިން ކަމަށް ރައީސް އާއި ހަވާލާދީ ބީބީސީން ބުނެފައިވެއެވެ.

އަދި އިންޑިއާއިން ދޭ އެހީއަކުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވާނެ ކަމަށްވެސް ބީބީސީން ބުނެފައިވެއެވެ.

ރައީސް މުޢިއްޒުއާއި ހަވާލާދީ ބީބީސީން ވަނީ ރާއްޖެއަށް ސަރުކާރުގެ ދަރަނި ނުދެއްކުމުގެ ނުރައްކަލެއް ކުރިމަތިވެފައެއް ނުވާކަމަށާއި، އަދި މި ހީނަރުކަން ހައްލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމެއްގައި ބައިވެރިއެއް ނުވާނެ ކަމަށްވެސް ބުނެފައެވެ.

"އަޅުގަނޑުމެންގެންގެ އަމިއްލަ އެޖެންޑާއެއް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މޫޑީސްއިން ބުނެފައިވަނީ (ބޭރު ފައިސާގެ) ރިޒާވް ވަނީ 2025 ވަނަ އަހަރު ސަރުކާރުން ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ބޭރު ދަރަންޏަށްވުރެ އަދި 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރަށްވުރެ ވަރަށް ބޮޑުތަން ދަށުގައި ކަމަށެވެ.

ރިޒާވްގެ ހީނަރުކަން ހައްލުކުރުމަށް ރައީސް މުޢިއްޒު ފައިސާ ހޯއްދަވާނީ ކޮން ގޮތަކުންކަން ސާފެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނުގެ ދިއްލީ ދަތުރުފުޅު ވަރަށް މުހިންމު ކަމަށް ބެލެވެއެވެ. އިންޑިއާއިން މިހާތަނަށް މާލެއަށް އެކި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ށް 1.4 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *