މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފައިވަނީ މުޅި ރާއްޖެއަށް މިއަދު ހެނދުނު 7:45 އިން ފެށިގެން މެންދުރު 13:45 އަށެވެ.
މެޓުން ވަނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ބުނެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެއެވެ.
މިސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފައިވާއިރު، މެޓުން އިއްޔެ ޔެލޯ އެލާޓުވެސް ނެރެފައިވެއެވެ.


