މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 21:00 އިން ފެށިގެން މެންދަމު 2:00 އަށެވެ.
އެ އިދާރާއިން ވަނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ.
މިސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެފައިވާއިރު، މެޓުން ވަނީ މިއަދު ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.


