ސިޔާސީ ޕާޓީއަކުން ވަކިވާން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުންބުނީ މި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވައިދު އިސްލާހުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ގަވާއިދުގައިވާ ގޮތުން ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވާން އެދިއްޖެ ނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެމީހަކު ޕާޓީން ވަކިކޮށްދޭންޖެހޭނެއެވެ.
އީސީން ބުނިގޮތުގައި ޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދޭނީ http://my.elections.gov.mv މެދުވެރިކޮށެެވެ.


