ރޭ ސިނަމާލެ ބްރިޖު ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ވިއްސައިގެން ގޮސް ބޮލަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ 22:11 ގައި ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑު ތަކުރުފާނު މަގުން ބްރިޖާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހުމުންނެވެ. މި އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވި އަންހެން މީހާ ވަނީއައި.ޖީ.އެމް.އެޗްއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ. އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މި ވަގުތު ލިބިފައެއް ނުވެއެވެ.
ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.


