ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހެއް މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމް ހޮސްޕިޓަލަށް މިއަދު ފަތިހުގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން އެއީ މާލެ-ވިލިމާލެ ބްރިޖުގައި މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
"އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.


