މި އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށިި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރި މާލޭގެ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ އެއްބަސްވުން ބާތިލުކޮށްފި އެވެ.
ރާއްޖެ24އަށް އެނގިފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކުރީ މަސައްކަތުގެ އަގު ބޮޑުވުމުންނެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކޮންޓްރެކްޓަަކީ އަމީން ކޮންސްޓްރަކްޝަނެވެ. ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އެ ކުންފުންޏާ ސްކޫލް އާ އާ އިމާރާތް ހަވާލުކުރީ 168.5 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކުރީ ކުރީގެ ސަރުކާރުގައި ސެޕްޓެމްބަރު 29، 2022 ގަ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ ކުރީގެ ކުނި ކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިންމާ މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެވެ.


