Tuesday, 28 July 2026
.

ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަހެއް ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ނޭވާލާ ނިޒާމަށް އަސަރުކުރާ ވައިރަހެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރުއެސްވީ) ކުޑަކުދިންގެ މެދުގައި އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އާރުއެސްވީއަކީ އާއްމުކޮށް ތުއްތު ކުދިންްނަށް ޖެހޭ ބައްޔެކެވެ. އުމުރުން ދެ އަހަރު ވުމުގެ ކުރިން %100 ކުދިންނަށް މި ރޯގާ ޖެހެއެވެ. މިއީ ގައިން ގަޔަށް އަރާ ވައިރަހެކެވެ. ވައިރަސް ފެތުރެނީ އާންމުކޮށް ކެއްސުމާއި ކިނބިހި އެޅުމުގެ ތެރޭގަ އެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ އާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި ބުރަކަށީގައި ރިއްސުން ފަދަ ކަންކަން ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ އާރުއެސްވީ ކުޑަކުދިންގެ ތެރޭގައި އިތުރުވާތީ އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުނަ ނުދިނުމަށް އަޅަން ކެހޭ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަން، މިގޮތުން އަތް ދޮވުމާއި، މީހުން ގިނަ ތަންތަނަށް އެއްވެ ނޫޅުން ފަދަ ފިޔަވަޅުތައް އެޅުމަށް އެދެން،". އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިއިން އެއްވެސް އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިރުޝާދު ދީފައެވެ. އަދި ބަލި ފެތުރު ނުދިނުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ގިނަގިނައިން އަތްދޮވުން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *