އދ. ގެ "ސަމިޓް އޮފް ދަ ފިއުޗަރ" ގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ސައިބަރ ސެކިއުރިޓީ އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި:
ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް ފުޅާވަމުން އަންނަނީ ވަރަށް ބާރު މިނެއްގައެވެ. ދުނިޔޭގެ ތިންބައިކުޅަ އެއްބައި ޤައުމުތަކަށް އަދިވެސް އިންޓަނެޓަށް ނުވަދެވެއެވެ. މިއީ ތަރައްޤީއާއި ފުރުޞަތުތަކާއި އިންސާފަށް އޮތް ބޮޑު ހުރަހެކެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް ތިން ގޮތެއް ހުށަހެޅުއްވިއެވެ:
1. ޑިޖިޓަލް އިޤްތިޞާދުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން.
2. ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުން.
3. ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުން.
ރާއްޖޭގައި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް އުފައްދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، ސައިބަރ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗަރ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށާއި އިތުރަށް ފުރިހަމަކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއި، އިންވެސްޓްމަންޓްތަކާއި ޕާޓްނަރޝިޕޝިޕްތައް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.


