ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް ތާއިދުކުރާނެ ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީސީޕީ)އިން ހާމަކޮށްފި އެވެ.
ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގް ޔީ އާ ރައީސް ބައްދަލު ކުރެއްވީ، އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ބައްދަލުވުންތަކުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ދެ ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްގީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް، ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މިބައްދަލުވުމުގައި ވާންގް ވަނީ ޗައިނާއިން އަބަދު ވެސް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


