Wednesday, 28 October 2026

ހުއްދަނެތި ހިންގަމުންދާ ފަޒީސް ޙިޖާމާ ބަންދުކުރުމަށް ފުލުހަށް

ރަޖިސްޓްރީ ނުކޮށް ގަވައިދާ ހިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރަމުންދާ "ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކްގެ ހިދުމަތް ހުއްޓުވަން ހެލްތު މިނިސްޓްރީން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ހިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިާޅުވިއެވެ.

ފުލުހުން އެއީ ކޮން ތަނެއްކަން ހާމަކޮށްފައި ނުވިނަމަވެސް ރާއްޖެ24އަށް އެނގިފައިވާގޮތުގައި ހެލްތް މިނިސްޓްރީން ފުލުހަށް ހުށަހަޅާފައިވަނީ "ފަޒީސް ހިޖާމާ ތެރަޕީ" ކްލިނިކްގެ މައްސަލައެވެ.

މި ޚިދުމަތް ހުއްޓާލުމަށް އެ ކްލިނިކް ހިންގަމުންދާ ފަޒީލާ ޢުޘްމާން އަށް މި މަހުގެ ކުރީކޮޅު ހެލްތު މިނިސްޓްރީން ވަނީ އަންގާފަ އެވެ. ނަމަވެސް އެ އެންގުމާއެކު ވެސް އޭނާ ގެންދިޔައީ އެ ކްލަނިކުން ހިދުމަތްތައް ދެމުންނެވެ.

މި ހިދުމަތް ހުއްޓާލުމަށް ފަޒީލާ އުސްމާނަށް ހެލްތް މިނިސްޓްރީން އަންގާފައިވަނީ އެ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލައި އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ހިދުމަތް ދިނުމަށް އެންގުމަށް ފަހުގައެވެ. އަދި ސޯޝަލް މިޑިއާގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށާއި ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓްތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށްވެސް ވަނީ އަންގާފައެވެ.

އަދި ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހުށަހަޅައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019 ވަނަ އަހަރުވެސް ފަޒީލާ އަށް ހެލްތު މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *