Tuesday, 28 July 2026

ސީދާ ތިން ސެޓުން ނޭޕާލްގެ ޕޮލިސް ކްލަބު، ކާވާ ވިމެންސް ވޮލީބޯލް ކުލަބް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ނޭޕާލްގެ ޕޮލިސް ކްލަބުން ފައިނަލްގައި ސީދާ ތިން ސެޓުން އުޒްބެކިސްތާނުގެ ހޫމޯ ވީސީ ބަލިކޮށް، ކާވާ އަންހެނުންގެ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024 ކާމިޔާބު ކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި މެޗު ނޭޕާލް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ހޫމޯ ވީސީ އިން ކޮންމެ ސެޓެއްގެވެސް ކުރީ ކޮޅު ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ސެޓުގެ ވަކި ހިސާބަކުން ނޭޕާލް ޕޮލިސް ކުލަބުން ވަނީ ކުރި ހޯދައިފައެވެ.

ނޭޕާލްގެ ޕޮލިސް ކްލަބުން ވަނީ ޖުމްލަ ހަ ޓީމު ވާދަކުރި މުބާރާތުގެ ލީގު ބުރުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ހުމޯ ވީސީ ވަނީ ހަތަރު މެޗު ކާމިޔާބު ކޮށްފަ އެވެ. ދެ ޓީމު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ކާވާ ވިމެންސް ވޮލީބޯލް ކުލަބް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ނޭޕާލް ޕޮލިސް ކުލަބުން ހޯދާފައިވާއިރު، ރިހި މެޑަލް ހޯދާފައިމިވަނީ ތަޖިކިސްތާނުގެ ހޫމޯ ވީސީ އިންނެވެ. އަދި މުބާރާތުގެ ލޯ މެޑަލް ހޯދާފައިވަނީ ރާއްޖޭގެ ކުލަބް ވެމްކޯއެވެ. މި މުބާރާތުގެ ފަސް ވަނަ ރާއްޖޭގެ ޕޮލިސް ކުލަބުން ހޯދާފައިވާއިރު، މުބާރާތުގެ ހަވަނައިގައި އޮތީ ތަޖިކިސްތާުނުގެ ވީސީ ޑިއަމެޑްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޭޕާލް ޕޮލިސް ކްލަބްގެ އުޝާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *